މަސްވެރިކަން
މަސްވެރިކަމަކީ
ދިވެހިންގެ އިޤްތިޞާދުގެ ލޭނާރެވެ. ދިވެހިން ކާބަފައިންގެ ޒާމާނުގައިވެސް އެންމެ ބޮޑު ޢާމްދަނީއެއް
ހޯދީ މަސްވެރިކަމުންނެވެ. ޒަމާން
ތަރައްގީވަމުން އައިސް މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން ފެނުން މަދުވެގެން ދިޔައެވެ. އެހެން ނަމަވެސް އެނެއްކާވެސް މިވަނީ މިދާއިރާއިން ޒަމާނީ
ޒުވާނުން ފެނުން އިތުރުވެފައެވެ. މަސްވެރިން މިހާރު ކުރާ މަސްވެރިކަމުން އެންމެ ފައިދާ ހުންނަނީ ދޮށީގެ މަސްވެރި ކަމުން ނޫންކަމަށް އެންމެންވެސް
ޤަބޫލުކުރެއެވެ. މިހާރު އެންމެ
ފައިދާ
ހުރި މަސްވެރިކަމަކީ ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މިދާއިރާގައ ގިނަ ޢަދަދެއްގެ ޒުވާނުން ޙަރަކާތްތެރިވެއެވެ.
ރާއްޖޭގެ ތަފާތު މަސްވެިކަން ފުޅާވެ މަސްގަންނަ
ބޯޓުފަހަރު އިތުރުވުމާއި ގުޅިގެން މަސްވެރިކަން ކުރާ ގިނަ ފަރާތްތަކަށް ވަރަށް ފައިދާ ކުރެއެވެ.
ު ކުރިއަށް
ވުރެ މިހާރު ފުޅާކޮން މަސްވެރިކަން ކުރެއެވެ. މިކަންމަށް ސަރުކާރުން ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައެވެ. މިއީ
މަސްވެރިންގެ މުސްތަޤުބަލު
ކުރިމަގުގައި ވަރަށް އަލި ވާނޭކަމުގެ ނިސާނެވެ. މިއަދު މަސްވެރިކަން ތަރައްޤީވެގެން ދާއިރު އެމީހުން ބާނާމަސްކޮޅު
މަސްވެރިކަން ރަނގަޅު
ދުވަސްވަރެއްގައި ނަމަ އޮންނަނީ ނުކިރިފައެވެ. މިހެންވުމުން މަސްވެރިން އެންމެ ބެނުންވަނީ އެމީހުން ބާނާ މަސް ކޮޅު
އެންމެ ފައިދާ ހުރިގޮތުގައި
ބޭނުންކުރެވޭގޮތް ވުމެވެ.
ރާއްޖޭގެ ކަނޑުތަކުގައި ލޭނުގެ
މަސްވެރިކަން ކުރުމުގެ ހުއްދަ އެތެރެއާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލައިފި
ރާއްޖޭގެ
އިގްތިސާދީ ކަނޑުގެ ސަރަހައްދުން 100 މޭލުން ބޭރުން ލޭނުގެ މަސްވެރިކަން ކުރުމުގެ
ހުއްދަ ރާއްޖޭގެ ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލައިފި އެވެ.
އއ. އުކުޅަހުގައި ފާހަގަ ކުރި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ވިދާޅުވީ ލޭނުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމުން ކިތަންމެ ތަނަކުން ރާއްޖެ އަށް ފައިދާވާނެ ކަމަށާއި ލޭނުގެ މަސްވެރިކަން ކުރިއަރުވަން ސަރުކާރުން ވިސްނަނީ ވަގުތާއި ހާލަތަށް ބަލާފައި ކަމަށާއި އެ މަސައްކަތް ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
..."މި އުސޫލުން ލޭނު އަޅަމުން ގެންދިޔައިމާ ރާއްޖެ އަށް ބާނާ ބޮޑު ކަންނެލީގެ
ބާވަތްތައް އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް
ތަޖުރިބާކާރުންނާއި މާހިރުން ލަފާދޭ. މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަރާތުން
މިކަމުގެ އަޖުމަބެލުމަށް ޓަކައި މިދިޔަ އަހަރު ވަނީ ލޭނުގެ މަސައްކަތްތަކެއް
ކޮށްފައި. ފިޝަރީޒު މިނިސްޓްރީ އަށާއި އެ މިނިސްޓްރީގެ މާހިރުނަށް މިކަމުގައި
ދެކެވެނީ އާންމުކޮށް ލައިސަންސް ހުޅުވާލައިފި ނަމަ ރާއްޖެއަށް ލިބޭ ނަފާ، ލިބޭ
ފައިދާ ކިތަންމެ ތަނަކުން އިތުވެގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރާ ޖެހެންދެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ދާއަޅައިގެން ލޭނުގެ މަސްވެރިކަން ކުރުމަށް ބޭރުގެ ފަރާތްތަކަށް ދީފައިވާ ލައިސެންސް ބާތިލްކޮށް، ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް އަލުން ލައިސަންސް ދިނުމަށް ގެޒެޓް ކުރުމުން، ކުރިއަށް އޮތް 2011 އަހަރު ލޭނުގެ މަސްވެރިކަން އެތައްތަނަކުން ކުރިއަރައިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަށް ބާނާ
މަސް އެކްސްޕޯޓް ކުރުމުގެ ހުއްދަ މިހާރު ދީފައި ވަނީ ހަތަރު ކުންފުންޏަކަށް ކަމަށް
ވިއަސް، ކުދި އަދި މެދުފަންތީގެ ކޮންމެ ކުންފުންޏަކަށް ވެސް މަސް ގަނެ އެކްސްޕޯޓް
ކުރުމުގެ ފުރުސަތު ހުޅުވާލުމުން މަސްވެރިކަން ފުޅާކުރެވޭނެ ކަމަށެވެ. އަދި ދޮށީގެ
މަސްވެރިކަން ދަށްވެ، ރާއްޖޭގެ މަސްވެރި ބައެއް ކާރުހާނާތައް ހުއްޓިފައިވާ
ދަނޑިވަޅެއްގައި އެ ކުންފުނިތަކަށް ބޭރުން މަސް އިމްޕޯޓް ކުރުމުގެ ފުރުސަތު ވެސް
ހުޅުވާލައިފައިވާ ކަމަށާއި އިމްޕޯޓް ކުރާއިރު ޑިއުޓީއެއް ނެގޭނެ ކަމަށާއި ނަމަވެސް
އެ އެކްސްޕޯޓް ކުރާއިރު އިނާޔަތެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމުގެ
ސިނާއަތް ކުރިއަރައި މަންފާތައް ލިބެން ފެށުމުން 2011 ވަނަ އަހަރުގެ މަސްވެރިންގެ
ދުވަސް އަންނަ އިރު، ރާއްޖޭގައި މަސް ކިލޯއެއްގެ އަގު 14 ރުފިޔާގައި ހުރެއްޖެ ނަމަ
އެއީ ސަރުކާރުގެ އަމާޒު ހާސިލްވީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކަނޑުން ލިބޭ
ބާވަތްތައް އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ނަޝިދު ވިދާޅުވީ ފަޅުތަކާއި
ފަރުތަކާއި ވިލުތަކާއި ހާހަލާކީ ގުދުތަރީ މުއްސަނދިކަމުން ފުރިފައިވާ
ތަންތައްކަމަށާއި އެ ގޮތުން އެތަންތަނުން އާމްދަނީ ހޯދުމަށް ޓަކައި ފާނައިގެ
މަސްވެރިކަމާއި ހުއިފިލަނޑާގެ މަސްވެރިކަން ދިރުވަންޖެހިފައިވާ ކަމަށެވެ. އެގޮތުން
ހުއިފިލަނޑައާއި ފާނަ ދިރުވައި ވިއްސައި އާލާކުރުމުން އިތުރު އާމްމުދަނީ ލިބޭނެ
ކަމަށާއި 2012 ވަނަ އަހަރު ވެގެންދާނީ ފާނައިގެ މަސްވެރިކަމުގައި ރާއްޖެ އަށް
ވަރަށް ފާގަތި އަހަރަކަށް ކަމަށެވެ.
ހުއިފިލަނޑައާއި
ފާނަ ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކޮށްގެން 2011 އަހަރާއި 2012 ވަނަ އަހަރު 50
މިލިއަން ޑޮލަރު ރާއްޖެ އަށް ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް ރައީސް
ވިދާޅުވި އެވެ.
މިޔަރު ހިފުމަކީ ޅޮހީގެ
މަސްވެރިން މީގެ އެތައް އަހަރެއް ކުރިން ކޮށްފައިވާ ކަމެކެވެ. ޅޮހީގެ މަސްވެރިން
މިޔަރުގެ މަސްވެރިކަން ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް
ދަތުރުކޮށްފައިވާކަން ފާހަނގަ ކުރެވެއެވެ. އިންޖީނު އެޅި ދޯނިތައް ތާރަފްވުމުގެ
ކުރިން ރިޔަލާއި ފަލީގައިވެސް މިޔަރުގެ މަސްވެރިކަން ވަރަށް ފުޅާކޮށް ޅޮހިގެ
ރައްޔިތުން ކޮށްފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ ލޭނު އަޅައިގެން،
އަދި ދާ އަޅައިގެން މިޔަރު ހިފުންވަނީ ހުއްޓިފައެވެ. މިޔަރު ހިފައިގެން މިޔަރު
އުރަހަޔާ، އަދި މިޔަރު މަހުގައި ލޮނު އަޅައި ހިއްކައިގެން ފައިސާ ހޯދަމުން ދިޔަ
ޅޮހީގެ މަސްވެރިންނަކީ ހީވާގި ކެރޭ ބައެކެވެ. އަދި ފުދިގެން އާއިލާޔާ އެކު
އުފަލުގައި އުޅެމުންއައި ބަޔެކެވެ. ނަމަވެސް މަސައްކަތުގެ ބުރަކަމާއި އަގު
ދައްވުމާއި މިޔަރުގެ މަސްވެރިކަން ދައްވަމުން ދިއުމުގެ ސަބަބުން މިޔަރުގެ
މަސްވެރިކަން ހުއްޓިގެން ދިޔައެވެ.
އިހިވެރިކަމާއި
ހުއިފިލަނޑާ ނެގުމަކީވެސް އަތޮޅު ފެންވަރުގައިވެސް ޅޮހީ ރައްޔިތުން ކޮށްފައިވާ
ކަމެކެވެ. އަދި ޅޮހީގެ ވަށައިގެންވާ ފަރަކީ އަތޮޅުގައިވެސް އޮތް އިހި،ކަނޑުކަކުނި
ފަދަ ތަކެތި އެންމެ ގިނަ އެއްފަރެވެ. އަދި ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން
ލިބިފައިވާ ތަނެކެވެ. ވޭތިވެ ގޮސްފައިވާ ދިގު ތާރީޙއް ބަލާއިރު ޅޮހީ މީހުންނަކީ
އިހި ކައި އުޅުނު ބައެއް ނޫނެވެ. އަދި އެފަދަ ތަކެތި ކެއުމަކީ ޅޮހި ރައްޔިތުން
ގަބޫލުކުރާ ކަމެއްވެސް ނޫނެވެ. ނަމަވެސް އެ ދުވަސްތައް ފަހަނަ އަޅައި ގޮސް ޅޮހީ
މީހުންގެ އެވިސްނުން ބަދަލުވެ ކެއުމަށްޓަކައި އިހިމަސް ބޭނުން ކުރަންފެށިއެވެ.
އިހި މަސް ކެއުމަކީ ޅޮހީ މީހުން ބިރު ގަންނަ ކަމެއް ގޮތުގައި އޮތުމައްފަހު އެކަން
ބަދަލުވެގެން ދިޔައީ ޅޮއްސައް އައި ލ.އަތޮޅު މާވަށު މީހެއްގެ ފަރާތުންނެވެ. އަދި
އިހިވެރިކަން ޅޮހީގައި ފެށި އެމަސައްކަތުން ވެސް ޅޮހީގެ މަސްވެރިން ފައިސާ
ހޯދަމުން ދިޔައެވެ. އެހެންނަމަވެސް އިހީގެ މާރކެޓްހޯދަން ދަތިވުމާއި އިވިއްކުމަށް
ކުރަންޖެހޭ ދިގުދަތުރުތަކުގެ ސަބަބުން އަދި އެކަށީގެންވާ އާންމުދަނީ
ލިބުމުގައިވެސް ގިނަ ދަތިތައް ކުރިމަތިވާން ފެށުމުން އިހިވެރިކަން ކުރުންވެސް
ހުއްޓުނެވެ.
މިހާރު
ދިވެހި ފަރުތަކުގައި މަދުވަމުން އަންނަ ބާވަތެއް ކަމައްވާ ވެލާ ކަހަނބުގެ
ބާވަތްތައް ހިފުމަކީވެސް ޅޮހީގެ މަސްވެރިން މާޒީގައި ވަރަށް ފުޅާކޮށް ކޮށްފައިވާ
ކަމެކެވެ. ކަހަނބުފަތް ވިއްކައިގެން އަދި ކަހަނބު ތެޔޮ ހަދައިގެން އާމްދަނީ
ހޯދަމުން ގޮސްފައި ވެއެވެ. އަދި ވެލާ ކަހަނބު ހިފަން ބޮޑު ތިލަދުން މައްޗައްވެސް
ދަތުރުކޮށްފައިވެއެވެ. ޅޮހީގެ ހީވާގި މަސްވެރިން ވެލާ ކަހަނބު ހިފުމައް ދިގު
ދަތުރުކޮށްފައި ވަނީ ރިޔަލު ދޯނީގައެވެ.
ކަނޑުމަހުގެ
މަސްވެރިކަމަކީ ޅޮހި ގެ މަސްވެރިން އެންމެ ފުޅާކޮށް ކުރަމުން އައި މަސްވެރިކަމެވެ.
އެންމެ ކުރީ ޒަމާނުގައިވެސް ރިޔަލު ދޯނީގައި ކަނޑަވަޅިއައް ނުކުމެ ޅޮހީގެ ހީވާގި
މަސްވެރިން މަސްވެރިކަން ކުރަމުން އައިސްފައިވެއެވެ. އަދި ނ. އަތޮޅޮ ފަހަނައަޅާ
އެހެން އަތޮޅުތަކަށް ގޮސް މަސްވެރިކަން ކުރަމުން އައިސްފައިވެއެވެ. ޒަމާނުއްސުރެ
ކުރަމުން އައި ޅޮހިގެ މަސްވެރިކަން ކުރުމައް ބޭނުންކުރި ދޯނިތައް އިންޖީނު އެޅި
ދޯނިތަކަށް ބަދަލުވެގެން ދިއުން ވެގެން ދިޔައީ ޅޮހީގެ މަސްވެރިންނައް ލިބުނު ވަރަށް
ބޮޑު ކުރިއެރުމަކަށެވެ. އާދެ އެއީ ޅޮހީ ނޫވިލާގޭ އަލްމަރުހޫމް ޔޫސުފް ގެ ގޯދާވަރި
އޭކިޔުނު ދޯނީގައި އިންޖީނު އެޅުމުންނެވެ.އަދި އެއީ ނ.އަތޮޅުގައި އެންމެފުރަތަމަ
އިންޖީނު އެޅި ދޯންޏެވެ. ކަނޑުމަހުގެ މަސްވެރިކަން އައީ ދުވަހަކަށްވުރެ ދުވަހެއް
ކުރިއަރަމުންނެވެ. މި ގޮތުން މަސްވެރިކަންއ ކުރާ އާލަތްތައް ބަދަލުވެ އޮޑި
ދޯނިފަހަރު ބަދަލުވެ ބޮޑުވަމުން ދިޔައެވެ. އަދި ދުވެލި ބާރުވެ މިސްރާބު ހޯދުމައް
ބޭނުންކުރާނެ ތަކެތި ތާރަފްވެ އެތަކެތި ބޭނުން ކުރަންފެށުނެވެ. އޭގެ ތެރޭގައި ޖީޕީ
އެސް،ސަމުގާ ހިމެނެއެވެ.
ދުނިޔެއައް
އަންނަ ތަރައްގީއާ އެކު ރާއްޖޭގެ މަސްވެރިކަންވެސް ތަރަށްގީވެ ކުރިއަރަމުން
އަންނަފެށިއެވެ. އަދި ޅޮހީގަވެސް ޒަމާނީ ބަދަލުތަކާއި އެކު ބޮޑަތި ދޯނިތައް
ބަނދެވި ބޭނުން ކުރަންފެށުނެވެ. އޭގޮތުން އެންމެ ފުރަތަމަ
ނ.އަތޮޅުގައި ޒަމާނީ ގޮތައް ބަނދެވުނީ ޅޮހީ ނޫވިލާ ގެ ޔޫސުފްގެ މިސްރާބު ދޯންޏެވެ.
މިސްރާބަކީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި މުޅި ރާއްޖޭގައި ފާހަނގަ ކުރެވޭ
ދޯންޏަކަށްވިއެވެ. އަދި އެއައް ފަހު ރީފް ނަމަކަށް ކިޔާ ކަންނެލި ދޯންޏެއް
ޅޮހީގައި ބަނދެވުނެވެ. އެޔައް ފަހު މާގިނަ
ދުވަހެއް ނުވެ ނ.އަތޮޅުގައި ބަނދެވުނު އެންމެ ބޮޑު އަދި އެންމެ ފުރަތަމަ ބަނދެވުނު
ފައިބަރ ގުލާސް މަސް ދޯނި ނ.ޅޮހީގައި ބަނދެވުން ވެގެން ދިޔައީ ނ. އަތޮޅުގެ
މަސްވެރިކަމައް އައި ވަރަށް ބޮޑު އިންގިލާބަކަށެވެ. އެ ދޯންޏަކީ ޅޮހީ ނޫވިލާގެ
ހުސްނީ ޔޫސުފްގެ ފިސަރމޭން ނަމަކަށް ކިޔާ ދޯންޏެވެ. އަދި އެދޯންޏަކީ މިހާރުވެސް
މުޅި ރާއްޖޭގެ ފެންވަރުގައި ފާހަނގަ ކުރެވޭ ބޮޑު ކަންނެލި ދޯންޏެކެވެ. ފިސަރމޭނައް
ފަހުވެސް ނ. އަތޮޅު ޅޮހީގައި ކަންނެލި މަސްވެރިކަން ކުރުމައް ހާއްސަކުރެވިގެން ދެ
ދޯނި ބަނދެވުނެވެ. ފަހުން ޅޮހީގައި ބަނދެވުނު ފައިބަރ ގުލާސް ދެ މަސް ދޯންޏައްފަހު
އަތޮޅުގައި އެންމެ ފާހަނގަކުރެވެނީ ޅޮހީގެ ހަތަރު ކަންނެލި ދޯންޏެވެ. އަދި ހަމަ
އެހެންމެ މިހާރުވެސް އަންނަނީ އިތުރު ދޯންޏެއް ބަނދެ ބާލަން ތައްޔާރުވަމުންނެވެ.
އޭގެތެރޭގައި ފިސަރމޭން. ޝައިން،އަދި ރީފް ގެ ދެ ދޯނި ހިމެނެއެވެ . އަދި އެ ކޮންމެ
ދޯންޏަކީވެސް 20 ވަރަކަށް މީހުންގެ ޖާގަ ހިމެނޭ ދޯނިތަކެކެވެ. 20 މީހުންނައް
ފަސޭހަކަމާއެކު ނިދުމުގެ އިންތިޒާމް ރަނގަޅު ފެންވަރަކަށް ހަމަޖެހި އަދި
ފާޙާނަކުރެވޭނެ އިންތިޒާމް ރަނގަޅު ފެންވަރަކަށް އެ ދޯނިތަކުގައި
ހަމަޖެހިފައިވެއެވެ. މި ހާރު ރާއްޖޭފެންވަރުގައި ފާހަނގަކުރެވޭ 4 ކަންނެލި ދޯނި
No comments:
Post a Comment